ރައްޔިތުން ބައިބައި ކުރަނީ މިހާރު ތިބި ވެރިން


ދާދި މިދާކަށް ދުވަހު އެންޓި އެފް އޯ ގެ ޕޯލް އަކުން ދެއްކި ގޮތުގައި ނިލަންދޫ ލޮބުވެތި ރައްޔިތުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން އަދި އަޚުވަންތަކަން ނަގާލާ ބައިބައިވުމަށް ހިއްވަރުދިނީ އެފް އޯ ޓީމުންނެވެ. އަޅުގަނޑުމެންގެ ޓީމު މިކަމާއި ވަރަށް ބޮޑަށް ދެކޮޅު ހަދަމެވެ. ނިލަންދޫ އަދި ފ.އަތޮޅު ކޮންމެ ރައްޔިތެއްވެސް ދެބަސް ނުވާނެ ފަދައިން ފ.އަތޮޅުގަވެސް އަދި ނިލަންދޫގަވެސް ރައްޔިތުން ބައިބައި ކުރާ މީހުންނަކީ ފ.އަތޮޅު ވެރިންނެވެ. އާއިލާ މީހުން ހުރިހާ ތާކަށް ލައިގެން ވެރިކަން ބަގުޑި ބައްދައިގެން އުޅޭތީއެވެ.
ކިތަންމެ ވަރަކަށް ޕޯލް ވެސް ހެދިދާނެއެވެ. އެކަމަކު ހަގީގަތް ވާނީ ހަގީގަތަކަށެވެ
ފ.މަގޫދޫ އިން ފ.ނިލަންދޫ އަށް އަތޮޅު އޮފީސް ބަދަލު ވި ފަހުން މިވީ އަހަރުތަކުގެ ތެރޭގައި ނިލަންދޫ އަކީ އަތޮޅު އޮފީސް ހުރި އެންމެ ތަރައްގީ ނުވާ އެއް ރަށް ކަމުގައި މުޅި ނިލަންދޫ ރައްޔިތުންވެސް ދެބަހެއް ނުވާނެ އެވެ. ޖަލީލު މެން ބަލަނީ ވެރިކަމުގައި ގިނަ ދުވަހު ތިބެވޭނެ ގޮތެވެ. އެންމެ ކުޑަމިނުން އަތޮޅު އޮފީސް ގަޑެއް ހިސާބު ވެސް ނާޅާ މިހަފްތާގައި ވަނީ ކޮންޓްރެކްޓް ބަޔަކާ ހަވާލު ކޮށްފައެވެ. މިވެސް ވާނީ ކޮންމެވެސް އާއިލާ ބަޔަކު ގެ ހިއްސާ އެއް އޮންނަ ތާނަކާއެވެ
އެންމެ ކައިރި އަތޮޅަށް ނަޒަރު ހިންގާލިޔަސް އެގޭނެ ކަމަކީ ނިލަންދޫ ގެ ތަރައްގީ އަށް އެއްވެސް ވެރިޔަކު މަސައްކަތް ނުކުރާކަމެވެ. އެމީހުން ބޭނުން ވަނީ ވެރިކަން ދަމަހައްޓާށެވެ. ނުވިތާކަށް އާއިލާ ގެ އެހެން މީހުން ވެސް ގެނެސް ކައިރީގަ ބައިތިއްބައިގެނ ވެރިކަން ދަމަހައްޓާށެވެ.
ދެންވެސް ތަރައްގީ އޭ ނުކިޔާށެވެ. ތަރަގީ ފުރަތަމަ ކުރާށެވެ. އެޔަށް ފަހު އެވާހަކަ ދައްކާށެވެ. އޭރުން ވެރިންދެކެ އެންމެން ވެސް ލޯބިވާނެއެވެ.އެންމެން ތިބޭނީ އެކަތި ގަޑަކަށް ވެފައެވެ

ފ.އ.ތ.މ އަށް ބަލާލުމެއް

މީލާދީން 1986 ވަނަ އަހަރު އުފެދުނު ފ.އަތޮޅު ތަޢުލީމީ މަރުކަޒަކީ މިވަގުތު ފ.އަތޮޅުގައި ހުރި އެންމެ ފެންވަރު ރަނގަޅު ސުކޫލު ކަމުގައި އެއްވެސް މީހަކު ދެބަހެއް ނުވާނެއެވެ.
ފ.އ.ތ.މ ގައި ފ.އަތޮޅު ވެރިންގެ ނުފޫޒު ގަދަވެފައޭ ބުނުމަކީ ވެސް ދޮގެއް ނުވާނެއެވެ. އަދި މިހާރު މިތަނަކީ އެއާއިލާ އަކަށް ނިސްބަތް ވާ މީހުންގެ އަމިއްލަ ތަނެކޭ އެމީހުން ހީކުރެއެވެ. ކިތަންމެ މޮޅު ޓީޗަރަކަށް ވެސް ބަސް ކިޔަން ތިބެންޖެހޭނީ މީހުންނަކީ އާއިލީ މީހުންނެވެ. އެންމެ ކުޑަ މިނުން މިމީހުންގެ ފެންނަވރު މިމީހުންނަކަށް ވަޒަނެއް ވެސް ނުކުރެވެއެވެ.
މިވަގުތު ގްރޭޑް 11 އަދި 12 އަށް ކިޔަވާދޭން ފަށާއިރު ސްކޫލު ގެ ހިންގުން ވަރަށް ހަރުދަނާ ކުރަން ޖެހެއެވެ. ޓީޗަރުންނާއި ސްޕަވައިޒަރުން އެމީހުންގެ ގިންތި އަށް ފައްތަން ޖެހެއެވެ. ހަޔަރ ސެކަންޑްރީ ކުދިންނަށް އަމުރުކުރަން ތިބެންޖެހޭނީ އިލްމީ ގޮތުން އެކުދިންނަށް ވުރެ މާ ބޮޑަށް އެގޭ ބަޔެކެވެ. ފ.އ.ތ.މ ގައި މިވަގުތު ސްޕަވައިޒަރުންނަށް ބަލާއިރު އޯ.ލެވެލް 3 ފާސް އޮތް މީހަކު ވެސް ހުރިހެނެއް ހިޔެއް ނުވެއެވެ. މިއީ ވަރަށް ވިސްނަނަން ވެސް ޖެހޭ ކަމެކެވެ.

އަދި މިސްކޫލަކީ ޓީޗަރުން ޓީޗަރުންނާއި ޖެއްސުމުގެ ބައިވެސް ވަރަށް ބޮޑު ސްކޫލެކެވެ. އެމީހަކު ހިތް ނޭދޭ ކޮންމެ ޓީޗަރެއްވާނީ އެއްވެސް އެއްޗެއް ނޭގޭ މީހަކަށެވެ. ވެރިން ދެކޭ ގޮތުގައި އެމީހުން އެންމެ ހިތް އެދޭ ބަޔަކީ އެންމެ މޮޅު ބަޔެކެވެ. ކަމަށް އެންމެ ކަމޭހިތާ ބަޔެކެވެ.

އެމީހުންނަށް މާބޮޑަށްވެސް އެގެނީ ދޯއެވެ. ހައްތަހާވެސް އާއިލާ ގެ ނުފޫޒް ދޯ؟

އެންޓި ފާފު އަށް މަރުޙަބާ

އެންޓި ފާފު އަކީ ފާފު އަތޮޅު ގެ މުޙިއްމު ޚަބަރު ތައް ގެނެސް ދިނުމަށްޓަކައި ތިޔަބޭފުޅުންނަޓަކައި ހުޅުވި ބްލޮގެކެވެ. މި ބްލޮގަކީ ކޮންމެހެން އެންޓި އެފް އޯ އާ ޖައްސާލައިގެންވެސް ހަދާ ބްލޮގެއްވެސް ނޫނެވެ.
ޖަލީލު އަދި ފާފު އަތޮޅު ގައި ތިބި ވެރިންންނާއި ޖައްސާލައިގެން އުޅޭ ބްލޮގެއްވެސް ނޫނެވެ. އެކަމަކުވެސް މި ބްލޮގުގައި ވީހާވެސް ތެދު މައުލޫމާތު ގެނެސްދެވޭތޯ ބަލާނަމެވެ.
މުޅި ފާފު އަތޮޅުގެ މައުލޫމާތު ޚާއްސަކޮށް ފާފު އަތޮޅަށް ނިސްބައްވާ ސަރުކާރުގެ އިދާރާތަކުގެ މައުލޫމާތު ގެނެސްދެވޭތޯ ބަލާނަމެވެ.

މަރުޙަބާ


އެންޓި ފާފު އަށް އަށް ޒިޔާރަތް ކުރެއްވީތީ ވަރަށް ބޮޑަށް ޝުކުރު ވެރިވަމެވެ.. ތިޔަ ބޭފުޅުންގެ ޚިޔާލެއްވާނަމަ އަޅުގަނޑުމެންނަށް މެއިލް ކޮއްލަވާ. antifaafu@gmail.com

Google