ނިލަންދޫ ގަ ހުރި ހުރިހާ ސަރުކާރު މުއައްސަސާތައް ކޮރަޕްޓް ވެފައި




އަޅުގަނޑު ވަރަށް ހައިރާވެންޖެ އަންތަރީސް ވެއްޖެއެވެ. މުޅި މިރާއްޖެއިންވެސް ނިލަންދޫ އަށް 1 ވަނަ ލިބުނީ ތީ އެވެ. ޖަލީލުގެ ވެރިކަމަށް ހަމަ އައްސަރިބަހާ ސާބަސް ދެމެވެ.

ދާދި ފަހުން މޯލްޑިވްސް އެންޓި ކޮރަޕްޝަން ބޯރޑްގެ ތަހުގީގުގައި މުޅި ރާއްޖެއިންވެސް ހުރިހާ އޮފީހެއް ކޮރަޕްޓް ވެފައިކަމަށް އަރާފައިވަނީ ހަމައެކަނި ނިލަންދޫގައި ހުރި ސަރުކާރު އޮފީސް ތަކެވެ. ފ.އަތޮޅު އޮފީސް، ފ.ނިލަންދޫ އޮފީސް، ފ.އަތޮޅު ތަޢުލީމީ މަރުކަޒު، އަދި ފ.އަތޮޅު ހޮސްޕިޓަލް . މިއީ ދެރަވެ ހުރިހާ ރައްޔިތުން ވިސްނަންވެއްޖެ ކަމެކެވެ.
ނިލަންދޫގައި ކޮރަޕްޓް ނުވާންވީ ކީއވެހެވެ.؟ އަތޮޅު އޮފީހުގަޔާއި ރަށު އޮފީހުގަވެސް ތިބީ ކޮރަޕްޓްވެފަ ތިބި މީހުންެވެ. ކޮރަޕްޓް ވީމައި ތަހުގީގު ކުރުމުގެ ބަދަލުގައި ދެވެނީ ބޮޑު ޕްރޮމޯޝަނެކެވެ.
އަމްޖަދު އަލީ ރައްޔިތުންގެ އިންޖީނުގެއާއި ހަވާލުވެގެން އެތާގަ ލާރިތައް ބަޑުއަޅާލީމާ ވީ ކޮންކަމެއްހެއްޔެވެ. އިބްރާހިމް ޚަލީލު ރައްޔިތުންގެ ލާރިތައް ބަޑު އަޅާލީމަ ވީ ކޮންކަމެއްހެޔެވެ. ދޮންބޭބެ ލާރި ތައް ބަޑު އަޅާލީމާ ހަމަގައިމުވެސް ޕްރޮމޯޝަން ލިބިއްޖެއެވެ. ދެން އެސްޖެހި ރައްޒާގު ރ.ކ ކޮމިޓީގެ މީހަކަށް ވެގެން ހަމަ ލާރިތަކުން ފައިދާ ނަގަނީއެވެ. ހުއްޓުވޭނެ މީހަކު ނެތީހެވެ . މިކަމަށް ހައްލެއްގެނެވޭނެ ބަޔަކު ނިލަންދޫ ވެރިކަމުގައެއް މިވަގުތު ނެތެވެ.
ރައްޔިތުންނޭވެ. މިއީ އަޅުގަނޑުމެން ރައްޔިތުންނަށްވެސް ލިބުނު ބޮޑު ނިކަމެތި ކަމެކެވެ. ބޮޑު ލަދެކެވެ.






Anti Corruption Board - http://acb.gov.mv/index.aspx?PageId=14&ButtonOrder=001.002.006

އެންމެ ބޭނުމީ ކިޔަވައިގެން ހުރި ހިންގުންތެރި ޒުވާނުން



ފ.އަތޮޅަށް އެންމެ ބޭނުމީ ކިޔަވައިގެން ހުރި ހިންގުންތެރި ޒުވާނެއްކަމަށް އެންޓި ފާފު ބްލޮގްގެ ޕޯލް އިން ދައްކައިފިއެވެ. ގާތްގަޑަކަށް 15 ދުވަސް ވަންދެން ހިންގި މި ޕޯލްގައި ޖުމްލަ 38 ފަރާތް ވޯޓް ދެއްވާފާއިރު ފ.އަތޮޅަށް އެންމެ ބޭނުމީ ކިޔަވައިގެން ހުރި ހިންގުންތެރި ޒުވާނެއްކަމަށް 35 ވޯޓް ދެއްވާފައި ވެއެވެ. ހަމައެކަނި ހިންގުންތެރިޔަކަށް ވޯޓް ދެއްވާފައިވަނީ އެންމެ ފަރާތެކެވެ. އަދި މިހާރު ތިބި ވެރިންނަށް ވޯޓް ދެއްވާފައިވަނީ އެންމެ 2 ފަރާތެވެ.
ފ.އަތޮޅު އޮފީސް ނިލަންދުއަށް ބަދަލު ކުރިތާ މިވީ 9 އަހަރު ދުވަހުގެ ތެރޭގައި އަތޮޅު އޮފީހުގެ އެއްވެސް ޒިންމާދާރު ވަޒީފާ އެއްގައި އެންމެ ކުޑަމިނުން ޑިގްރީ އެއް ފެންވަރު ހުރި މީހަކަށް ވަޒީފާ ދީފައި އެއް ނުވެއެވެ. އެއްބަޔަކު 9 އަހަރު ދުވަސް ވަންދެން ވަޒީފާ އަދާކުރަމުންދާއިރު ނިލަންދޫ އިން ހެދުމުންދާ ކިޔަވައިގެންތިބި ކުދިންނަށް ވަޒީފާގެ ލިބުމުގެ ފުރުޞަތު ހުޅުވިފައެއް ނެތެވެ.
މިވަގުތު އަތޮޅުގެ އެކި އެކި އޮފީސް ތަކުގައި ތިބި ބަޔެއް ވެރިންނަކީ ކޮންމެވެސް ކޮރަޕްޝަނެއްގައި އަތޮޅުގެ ރައްޔިތުން ކުރިމަތީގައި ކޮންމެވެސް ލައްގަޑެއް ޖެހިފައިވާ ބަޔަކު ކަން އެންމެވެސް ޤަބޫލުކުރެއެވެ. ޚުދު އެމީހުން އަމިއްލަޔަށް ވެސް ޤަބޫލު ކުރެއެވެ. މި މީހުން ފޮރުވުމަށް އެއްބަޔަކު މަސައްކަތް ކުރަމުންދާއިރު އަނެއްބަޔަކު މިމީހުންނަށް ހިތްވަރު ދެމުން އަދި ނުވިތާ ކަށް ވަޒީފާގެ ކުރިއެރުންތައް ހޯދާ ދެއެވެ.
ފ.އަތޮޅުގެ ދިރި އުޅޭ 5 ރަށަށް މިވަގުތު ނަޒަރު ހިންގާލިޔަސް ކިޔަވައިގެން ތިބި ހިންގަން އެންގޭ މީހުން މަދެކޭ ނުބުނާނެއެވެ. ހަމަ އެކަނި ނިލަންދޫ އިން ބެލިޔަސް ފުދޭނެއެވެ. ހިތާމަޔަކީ މި ދަރިންގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި އަތޮޅުގެ ވެރިކަން ކުރާ ފަރާތްތަކުން ނުހިފާތީއެވެ. އަބަދުވެސް އެމީހުން ބުނަމުންދަނީ މި ވެރިކަމުގައި ފ.އަތޮޅުން އަހަރެމެންގެ ބޭނުމެއް ނުހިފާނެކަމުގައެވެ.
ވިސްނާފިކުރު ކޮށްބަލާށެވެ. ކޮންމެ އަތޮޅެއްގެ ވެސް ރައްޔިތުން ބޭނުންވާނީ އެ އަތޮޅެއް އެންމެ ކުރީ ސަފުގައި ވާދަ ކުރާށެވެ. އަރަމުން އަންނަ ކިޔަވައިގެން ތިބި ޒުވާނުންނަށް ފުރުޞަތު ދޭށެވެ. އެމީހުން އަތޮޅުން ގެއްލުނަ ނުދީ އެމީހުންގެ ބޭނުން އެންމެ ފުރިހިމަ ގޮތުގައި ހިފަހައްޓާލެވޭތޯ ބަލާށެވެ. މަދުވާ ކޮންމެ މީހަކީ އަތޮޅަށް ވެސް ލިބޭ ދެރައެކެވެ. މިއީ މިހާރުގަ ތިބި އަތޮޅު ވެރިން ފުންކޮށް ވިސްނަން ވެއްޖެ ކަމެކެވެ.
ހަމަގައިމުވެސް ކިޔަވައިގެން ތިބި މީހަކު ވަޒީފާ އަށް ލައިގެންނެއް ރައްޔިތުންނެއް ރުޅިއެއް ނާންނާނެއެވެ. ފޫއްސެއްވެސް ނުވާނެއެވެ. އެކަމަކު ހަޑި ލައްގަޑު ތިބި މީހުންނަށް ވަޒީފާ ދީ ކުރިއެރުން ދޭނަމަ ކިޔަވައިގެންތިބި މީހުންވެސް އަންނާކަށްވެސް ބޭނުމެއް ނުވާނެއެވެ. ތިބި ވެރިން ދެކެ ވެސް ވާނީ ފޫއްސެވެ. އަތޮޅުދެކެ އެމީހުން ދެކޭ ހުވަފެންތައް ދާނީ ވިއްސި ވިހާލި ވެގެންނެވެ. އަތޮޅުގެ ކުރިއެރުން ގުޅިފައި ވަނީ މިވަގުތު އަރަމުން އަންނަ ކިޔަވައިގެން ތިބި ޒުވާނުންނަށެވެ.

ފ.އަތޮޅަށް ވެސް އެއަރޕޯޓް އެއް ބޭނުން






ދ.އަތޮޅު ކުޑަހުވަދު އަކީ ނިލަންދޫ އެކޭ އެއްފައްދައިން އެއަތޮޅު ވެރިކަން ކުރާ ރަށެވެ. ދާދި ފަހުން ސަރުކާރުން ވަނީ އެއަތޮޅުގައި އެއަރޕޯޓް އެއް ހެދުމަށް ހަމަޖައްސަވާފައެވެ. އަޅުގަނޑު މި ހަބަރު އެހީ ވަރަށް އެފަލާއެކު އެވެ. އެއީ ކައރި މުސްތަގުބަލެއްގައި އަޅުގަނޑުމެން އަތޮޅު ކައިރީގައި އެއަރޕޯޓް އެއް ސަރުކާރުން އަޅަން ނިންމެވީތީއެވެ. ނަމަވެސް އެންމެ އުފަލެއް ނުވެއެވެ.

ފ.އަތޮޅުގައިވެސް އެއަރޕޯރޓް އެއް އޮތުމަކީ އަތޮޅު ރައްޔިތުން ދެކެން ބޭނުން ވާނެ ވަރަށް ބޮޑު ހުވަފެނެކެވެ. އަމިއްލަ އަތޮޅުން ސީދާ ކަނެކްޝަން ފްލައިޓް ނަގަން ބޭނުން ވާނެއެވެ. ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި 2 ގަޑި އިރު 3 ގަޑި އިރު ކުޑަހުވަދު އަށް ނޫނީ 8 ގަޑި އިރު މާލެ އަށް ގޮސް ޓިކެޓް ނަގާ ހުރިހާ ބުރައެއް އުފުލުމުގެ ބަދަލުގައި އަމިއްލަ އަތޮޅުގައި އެއަރޕޯޓްއެއް އޮތުމުން މާ ފަސޭހަކަން ބޮޑު ވާނެއެވެ. އަދި މާ ޚަރަދު ވެސް ކުޑަވާނެއެވެ. މި ހުވަފެން ހަގީގަތަކަށް ހެދެން އޮތީ ވެރިންގެ އެއްބާރު ލުން ލިބިގެންނެވެ.

ނިލަންދޫ އަކީ 1999 ވަނަ އަހަރުން ފެށިގެން ފ.އަތޮޅު ގައި ވެރިކަން ކުރާ ރަށެވެ. ވެރިން ތިބީ ވެސް ނިލަންދޫ ގައެވެ. މިހުރިހާ ކަމަކީ ވެސް ވެރިންގެ މަސައްކަތުން ކުރަން ޖެހޭ ކަމެކެވެ. އަތޮޅު ހުރިހާ މީހުން އިގިލި ދިއްކޮށްލާނީ ވެރިންނަށެވެ. އަތޮޅުގެ ހުރިހާ ރައްޔިތުން ވެސް އަތޮޅުގައި އެއަރޕޯޓް އެއް ހެދުމަށް ބޭނުން ވެއެވެ. ސަރުކާރު ކަމާއި ބެހޭ ފަރާތަށް އަވަސް ކޮށް ހުށަހަޅުއްވާށެވެ. އިރާދަ ކުރެއްވިޔާ އޭރުން ކޮންމެވެސް ދުވަހަކުން އަޅުގަނޑުމެންގެ ހުވަފެން ކާމިޔާބު ވާނެއެވެ.

ފ.އަތޮޅު ރަސްމީ ވެބްސައިޓް - އަމާ ބުނީތީ ފަރަށް ދިއުން



އަމާ ބުނީތީ ފަރަށް ދިއުން - މިބަހަކީ ދިވެހި ބަހުގައި މީހުން ކުރާ ކަމެއް އެންމެ ފުރިހަމައަށް ނުވަތަ އެކަން ކުރަންވާ ގޮތަށް ނުކުރުމުން އެމީހަކަށް ނުވަތަ އެބަޔަކަށް ރައްދު ކުރާ ބަހެކެވެ.

މިމަހު 3 ވަނަ ދުވަހުގެ ރޭ ލޯންޗް ކުރެވުނު ފ.އަތޮޅު ރަސްމީ ވެބްސައިޓުގެ އާ ވާޝަން ބަލާ ބެލުމަށް ކުލަޔާއި މީގެ އިތުރުން އެތުރުފައި ވާ ގޮތަށް ބެލިޔަސް މީގެ ކުރިން ހުރި ވާޝަން އަށް ވުރެ ރަނގަޅެވެ. އަދި މަޢުލޫމާތު ގެ ގޮތުންވެސް ސައިޓް މުއްސަދިކަން ފާހަގަ ކުރެއެވެ.

ނަމަވެސް އަމާ ބުނީތީ ފަރަށް ދާ އުސޫލުން ބަޔަކު ސައިޓެއް ހެދީމަ ހެދީ ކަން ފާހަގަ ކުރެވެއެވެ. މިހެން މި ލިޔުނީ ކޮންމެހެން ލިޔާ ހިތަކުންނެއްވެސް ނޫނެވެ. އަދި މި ސައިޓަށް ބަދު ބަހެއްވެސް ބުނާކަށް ވެސް ނޫނެވެ. ނަމަވެސް އަޅުގަނޑު ސައިޓްގެ އެޑްރެސް ހުޅުވާލި އިރު ސައިޓް ގެ މޫނުމަތި މި ފެންނަނީ ހުސްކޮށެވެ. އެހެން އަތޮޅު ތަކުގެ ރަސްމީ ވެބް ސައިޓް ތައް ބަލާފަ އަޅުގަނޑުގެ އުފަން އަތޮޅު ރަސްމީ ސައިޓް ފެނުނީމަ އަޅުގަނޑު ވަރަށް ދެރަވެ ލަދު ވެސް ގަތެވެ. އެންމެ ކުޑަމިނުން މަތީ ހެޑަރ ޔަށް ބައްލަވާށެވެ. އަޅުގަނޑަށް ހީވަނީ ފޮޓޯ އެއްލާން ގަސްތު ކޮށްފައި ހުރި ތަނެކެވެ. އަދި ނުލެވެނީ ދޯއެވެ. ނަމަވެސް ފޮޓޯ ގެލެރީ ވަރަށް މުއްސަދިކަން ފާހަގަ ކުރަމެވެ.


ދެރަ ނުވާށެވެ. އަޅުގަނޑު ކޮންމެހެން އަތޮޅު އޮފީހާ ޖައްސާލީކީ ނޫނެވެ. އަދ ތި ސައިޓް ހަދާ މީހަކާ ވެސް ޖައްސާލީ ކީ ނޫނެވެ. ހަގީގަތް ވާނީ ހަގީގަތަކށެވެ. މިކަން އަތޮޅުގެ ކޮންމެ ރައްޔިތަކުވެސް ޤަބޫލު ކުރާނެއެވެ. އެކަމަކު އަދިވެސް ހަނދާކޮށްދެމެވެ. އަމާ ބުނީތީ ފަރަށް ދާ އުސޫލުން ކަންނުކުރާށެވެ.

ނިލަންދޫގައި ތިބީ ހައްތަހާވެސް ދަންނަބޭކަލުން




ފ.އަތޮޅު ނިލަންދޫ އަކީ މިވަގުތު ފ.އަތޮޅުގައި އޮތް އެންމެ ތަރައްގީ ވެފައި އޮތް ރަށޭ ބުނުމަކުން ދޮގެއް ނުވާނެއެވެ. އަދި ކިޔަވައިގެން ތިބި މީހުންގެ ނިސްބަތުން ވެސް ނިލަންދޫ އަކީ އެހެން ރަށްތަކަށް ވުރެ ކުރީގައި އުޅޭ ރަށެކެވެ. އަޅުގަނޑު ފަހަރެއްގައިވެސް ކިޔަވައިގެން ތިބި މީހުން އެހެން ރަށްތަކުގައި ނޫޅެޔެކޭ ނުބުނާނަމެވެ.
ފ. ނިލަންދޫ ގައި ޑިގްރީ ފެންވަރަށް ވުރެ މަތީ ފެންވަރުގެ މީހުން އަތުގެ އިގިލިން ގުނާ ލެވޭ ވަރަށް ވުރެ މަދެވެ. ނަމަވެސް އޯލެވެލް އަދި އޭލެވެލް ފާސް ތިބި މީހުން ތިން އަދަދުން ގުނާލެވޭނެއެވެ.
ފ.ނިލަންދޫ ގައި މިވަގުތު އެކި ދާއިރާތަކުން ޑިގްރީ ހަދާ މީހުންނާއި ހަދައިގެން ތިބި މީހުން އެމީހުން ބޮޑާކަން އިންތިހާ އަށް ވަނީ ގޮސްފައެވެ. އެއްބަޔަކު އަނެއްބަޔަކާއި ދިމާލަށް ހުތުރު އެއްޗެހި ގޮވާ، އެމީހުންގެ މައިންބަފައިންނާއި ބެހި ، އެހެން މީހުން ކުރާކަންތަކާއި ބެހި، އަދި ނުވިތާކަށް ވެބްސައިޓް ތަކާއި ބްލޮގް ތަކުގައި ލިޔާ ކޮމްނެޓް ތަކުގެ ވާހަކަ މިލިޔުމުގައި ނުލިޔުނިއްޔާ ރަނގަޅު ވާނެއެވެ.
ފ.ނިލަންދޫ ގައި ރަޖިސްޓްރީ ވެފައި 4 ވަރަކަށް ޖަމިއްޔާ އޮތް އިރު އެއްބަޔަކު އަނެއްބަޔަށް އެމީހުންނަށް ވުރެ މޮޅު ބަޔެއް ނެތް ކަމަށް އަބަދު ވެސް ކިޔަމުން ދެއެވެ. އެއްބަޔަކު އަނެއްބަޔަކަށް ދިމާ ކޮށް އެއްބަޔަކު ލިޔާ އެއްޗެހި އަނެއް ބަޔަކު މަލާމަތް ކޮށް މިއީ މިވަގުތު ނިލަންދޫގެ ރައްޔިތުންގެ މެދުގައި އަށަގަނެފައިވާ ބޮޑު ވަބާއެކެވެ.
ފ.ނިލަންދޫ ގައި މިވަގުތު ތިބި ބައެއް މީހުން ދެކޭ ގޮތުގައި އެމީހުންނަކީ މާ މޮޅު ބަޔެކެވެ. ހީވަނީ އަލަށް ޑިގްރީއެއް ލިބި އަދި އަލަށް ޑިގްރީ ހެދޭ ބަޔެއް ހެންނެވެ. ހައްތަހާވެސް މޮޅެތި މީހުންނެވެ.

ނިލަންދޫގައި ތިބި ވެރިންނަށް ތަޢުރީފް ގެ ބަސް



ނިލަންދޫ ގައި ތިބި ވެރިންނޭ ބުނާއިރަށް ކޮންމެ މީހަކު ވެސް އަޅައިގަންނާނީ ޖަލީލު އާއި ޖަލީ ލު ގެ އާއިލާގެ މީހުންނެވެ. އެކަމަކު މިފަހަރު އެންޓި ފާފު މިނިސްބަތް ކުރަނީކީ ޖަލީލު އާއި އަތޮޅު އޮފީހުގެ ވެރިންނަކަށެއް ނޫނެވެ. އާދެ ފ.އަތޮޅު ހޮސްޕިޓަލުގެ ވެރިންނަށެވެ.
ފ.އަތޮޅު ހޮސްޕިޓަލަކީ ނިލަންދޫގައި ހުރި ޖަލީލު އާއިލާ ނުފޫޒު ނުހިނގާ ހަމައެކަނި މުއައްސަސާ އެވެ.
ފ.ނިލަންދޫ ސިއްޚީ މަރުކަޒު 1996 ވަނަ އަހަރު ހިދުމަތް ދެމުން އައިސް 2006 ގެ ޑިސެމްބަރު ގަ އަތޮޅު ހޮސްޕިޓަލް އަށް ބަދަލު ކުރެވި މިވީ ކުޑަ ދުވަސް ތަކު ތެރޭގައި އަތޮޅު ހޮސްޕިޓަލް އަށް އައި ބަދަލު ކޮންމެ މީހަކު ވެސް ގަބޫލު ކުރާނެއެވެ. މިއަދު މި ހޮސްޕިޓަލް ދަނީ އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީ ވަމުންނެވެ. އެއްދުވަހުން އަނެއްދުވަހަށް އަބަދުވެސް އާ ޚިދުމަތެއް ފައްޓަމުންނެވެ. ލެބޯޓަރީ އާއި އެކްރޭ ޚިދުމަތާއި މިނީ އޮޕަރޭޝަން ގެ ޚިދުމަތްތައް ފާހަގަ ކުރަންޖެހެއެވެ. މިއީ ހައްތަހާވެސް ހޮސްޕިޓަލްގެ ތިބި ހީވާގި ވެރިންނާއި ކިޔަވައިގެން ތިބި މުވައްޒަފުންގެ މިންނެތް މަސައްކަތެވެ.
މިހެންގޮސް އަތޮޅު ހޮސްޕިޓަލް އަށް އަންނަ ކުރިއެރުންތަކުގެ ވާހކަ ދައްކަން ވެއްޖެ ނަމަ މިލިޔުން މާ ދިގު ވެދާނެއެވެ. އެހެންވެއްޖެނަމަ މި ލިޔުން ނިންމާލުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ކިޔަވައިގެންތިބި ފ.އަތޮޅު ދަރިން މި ހޮސްޕިޓަލް އާއި ގުޅުމަކީ ވެސް މި ލިޔުމުގައި ޖަހަންޖެހޭނެ ވާހަކައެކެވެ.
ފ.އަތޮޅު ހޮސްޕިޓަލް އަކީ މިވަގުތު ނިލަންދޫ ގައި ހުރި ނަމޫނާ އެއް ތަނެވެ. މިކަން ހުރިހާ އެންމެވެސް ގަބޫލު ކުރާނެވެ. ވަކި އަޅުގަނޑު އެކަނި އެއްވެސް ނޫނެވެ. ތަޖުރިބާގެ ގޮތުންވެސް ހިންގަން ތިބީ ހިންގޭ ފަދަ ތަޢުލީމީ ބޭފުޅުންނާއި ބޭކަބަލުންނެވެ. މުޅި ފ.އަތޮޅުގެ ސިއްޚީ ހިދުމަތުގައި ފ.އަތޮޅު ހޮސްޕިޓަލް ކުޅެމުންދާރޯލަށް އައްސަރިބަހާ ސާބަސް ކިޔުން ހައްޤެވެ. ހިންގަންތިބި ހީވާގި މުވައްޒަފުންނާއި ވެރިންނަށް ތަޢުރީފު ކުރުން ހަމަ ހައްޤުކަން ބޮޑެވެ.

މަރުޙަބާ


އެންޓި ފާފު އަށް އަށް ޒިޔާރަތް ކުރެއްވީތީ ވަރަށް ބޮޑަށް ޝުކުރު ވެރިވަމެވެ.. ތިޔަ ބޭފުޅުންގެ ޚިޔާލެއްވާނަމަ އަޅުގަނޑުމެންނަށް މެއިލް ކޮއްލަވާ. antifaafu@gmail.com

Google