ނިލަންދޫގައި ތިބި ވެރިންނަށް ތަޢުރީފް ގެ ބަސް



ނިލަންދޫ ގައި ތިބި ވެރިންނޭ ބުނާއިރަށް ކޮންމެ މީހަކު ވެސް އަޅައިގަންނާނީ ޖަލީލު އާއި ޖަލީ ލު ގެ އާއިލާގެ މީހުންނެވެ. އެކަމަކު މިފަހަރު އެންޓި ފާފު މިނިސްބަތް ކުރަނީކީ ޖަލީލު އާއި އަތޮޅު އޮފީހުގެ ވެރިންނަކަށެއް ނޫނެވެ. އާދެ ފ.އަތޮޅު ހޮސްޕިޓަލުގެ ވެރިންނަށެވެ.
ފ.އަތޮޅު ހޮސްޕިޓަލަކީ ނިލަންދޫގައި ހުރި ޖަލީލު އާއިލާ ނުފޫޒު ނުހިނގާ ހަމައެކަނި މުއައްސަސާ އެވެ.
ފ.ނިލަންދޫ ސިއްޚީ މަރުކަޒު 1996 ވަނަ އަހަރު ހިދުމަތް ދެމުން އައިސް 2006 ގެ ޑިސެމްބަރު ގަ އަތޮޅު ހޮސްޕިޓަލް އަށް ބަދަލު ކުރެވި މިވީ ކުޑަ ދުވަސް ތަކު ތެރޭގައި އަތޮޅު ހޮސްޕިޓަލް އަށް އައި ބަދަލު ކޮންމެ މީހަކު ވެސް ގަބޫލު ކުރާނެއެވެ. މިއަދު މި ހޮސްޕިޓަލް ދަނީ އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީ ވަމުންނެވެ. އެއްދުވަހުން އަނެއްދުވަހަށް އަބަދުވެސް އާ ޚިދުމަތެއް ފައްޓަމުންނެވެ. ލެބޯޓަރީ އާއި އެކްރޭ ޚިދުމަތާއި މިނީ އޮޕަރޭޝަން ގެ ޚިދުމަތްތައް ފާހަގަ ކުރަންޖެހެއެވެ. މިއީ ހައްތަހާވެސް ހޮސްޕިޓަލްގެ ތިބި ހީވާގި ވެރިންނާއި ކިޔަވައިގެން ތިބި މުވައްޒަފުންގެ މިންނެތް މަސައްކަތެވެ.
މިހެންގޮސް އަތޮޅު ހޮސްޕިޓަލް އަށް އަންނަ ކުރިއެރުންތަކުގެ ވާހކަ ދައްކަން ވެއްޖެ ނަމަ މިލިޔުން މާ ދިގު ވެދާނެއެވެ. އެހެންވެއްޖެނަމަ މި ލިޔުން ނިންމާލުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ކިޔަވައިގެންތިބި ފ.އަތޮޅު ދަރިން މި ހޮސްޕިޓަލް އާއި ގުޅުމަކީ ވެސް މި ލިޔުމުގައި ޖަހަންޖެހޭނެ ވާހަކައެކެވެ.
ފ.އަތޮޅު ހޮސްޕިޓަލް އަކީ މިވަގުތު ނިލަންދޫ ގައި ހުރި ނަމޫނާ އެއް ތަނެވެ. މިކަން ހުރިހާ އެންމެވެސް ގަބޫލު ކުރާނެވެ. ވަކި އަޅުގަނޑު އެކަނި އެއްވެސް ނޫނެވެ. ތަޖުރިބާގެ ގޮތުންވެސް ހިންގަން ތިބީ ހިންގޭ ފަދަ ތަޢުލީމީ ބޭފުޅުންނާއި ބޭކަބަލުންނެވެ. މުޅި ފ.އަތޮޅުގެ ސިއްޚީ ހިދުމަތުގައި ފ.އަތޮޅު ހޮސްޕިޓަލް ކުޅެމުންދާރޯލަށް އައްސަރިބަހާ ސާބަސް ކިޔުން ހައްޤެވެ. ހިންގަންތިބި ހީވާގި މުވައްޒަފުންނާއި ވެރިންނަށް ތަޢުރީފު ކުރުން ހަމަ ހައްޤުކަން ބޮޑެވެ.

No comments:

މަރުޙަބާ


އެންޓި ފާފު އަށް އަށް ޒިޔާރަތް ކުރެއްވީތީ ވަރަށް ބޮޑަށް ޝުކުރު ވެރިވަމެވެ.. ތިޔަ ބޭފުޅުންގެ ޚިޔާލެއްވާނަމަ އަޅުގަނޑުމެންނަށް މެއިލް ކޮއްލަވާ. antifaafu@gmail.com

Google