ނިލަންދޫގައި ތިބީ ހައްތަހާވެސް ދަންނަބޭކަލުން




ފ.އަތޮޅު ނިލަންދޫ އަކީ މިވަގުތު ފ.އަތޮޅުގައި އޮތް އެންމެ ތަރައްގީ ވެފައި އޮތް ރަށޭ ބުނުމަކުން ދޮގެއް ނުވާނެއެވެ. އަދި ކިޔަވައިގެން ތިބި މީހުންގެ ނިސްބަތުން ވެސް ނިލަންދޫ އަކީ އެހެން ރަށްތަކަށް ވުރެ ކުރީގައި އުޅޭ ރަށެކެވެ. އަޅުގަނޑު ފަހަރެއްގައިވެސް ކިޔަވައިގެން ތިބި މީހުން އެހެން ރަށްތަކުގައި ނޫޅެޔެކޭ ނުބުނާނަމެވެ.
ފ. ނިލަންދޫ ގައި ޑިގްރީ ފެންވަރަށް ވުރެ މަތީ ފެންވަރުގެ މީހުން އަތުގެ އިގިލިން ގުނާ ލެވޭ ވަރަށް ވުރެ މަދެވެ. ނަމަވެސް އޯލެވެލް އަދި އޭލެވެލް ފާސް ތިބި މީހުން ތިން އަދަދުން ގުނާލެވޭނެއެވެ.
ފ.ނިލަންދޫ ގައި މިވަގުތު އެކި ދާއިރާތަކުން ޑިގްރީ ހަދާ މީހުންނާއި ހަދައިގެން ތިބި މީހުން އެމީހުން ބޮޑާކަން އިންތިހާ އަށް ވަނީ ގޮސްފައެވެ. އެއްބަޔަކު އަނެއްބަޔަކާއި ދިމާލަށް ހުތުރު އެއްޗެހި ގޮވާ، އެމީހުންގެ މައިންބަފައިންނާއި ބެހި ، އެހެން މީހުން ކުރާކަންތަކާއި ބެހި، އަދި ނުވިތާކަށް ވެބްސައިޓް ތަކާއި ބްލޮގް ތަކުގައި ލިޔާ ކޮމްނެޓް ތަކުގެ ވާހަކަ މިލިޔުމުގައި ނުލިޔުނިއްޔާ ރަނގަޅު ވާނެއެވެ.
ފ.ނިލަންދޫ ގައި ރަޖިސްޓްރީ ވެފައި 4 ވަރަކަށް ޖަމިއްޔާ އޮތް އިރު އެއްބަޔަކު އަނެއްބަޔަށް އެމީހުންނަށް ވުރެ މޮޅު ބަޔެއް ނެތް ކަމަށް އަބަދު ވެސް ކިޔަމުން ދެއެވެ. އެއްބަޔަކު އަނެއްބަޔަކަށް ދިމާ ކޮށް އެއްބަޔަކު ލިޔާ އެއްޗެހި އަނެއް ބަޔަކު މަލާމަތް ކޮށް މިއީ މިވަގުތު ނިލަންދޫގެ ރައްޔިތުންގެ މެދުގައި އަށަގަނެފައިވާ ބޮޑު ވަބާއެކެވެ.
ފ.ނިލަންދޫ ގައި މިވަގުތު ތިބި ބައެއް މީހުން ދެކޭ ގޮތުގައި އެމީހުންނަކީ މާ މޮޅު ބަޔެކެވެ. ހީވަނީ އަލަށް ޑިގްރީއެއް ލިބި އަދި އަލަށް ޑިގްރީ ހެދޭ ބަޔެއް ހެންނެވެ. ހައްތަހާވެސް މޮޅެތި މީހުންނެވެ.

4 comments:

Anonymous said...

ragalhu vahaka eh kaley bunyas

Anonymous said...

konthaaku kon ragalheh abadhuves aharunge rashah mi meehun ukheynee badhunaamu koh, aharemen noolhen meehunnaaa jassaalaigenneh
mi hurihaa ves balaa akee jaleelu

Anonymous said...

wwjfhshfaffh

Anonymous said...

ތިބުނާ ފެންވަރަށް ކިޔަވައިގެން ތިބި އެންމެންނަކީ ބޮޑާ ބައެއްނޫން. އެހެންވެ އެންމެން އެކަމުގައި ބަދުނާމުކުރުން ރަނގަޅެއްނޫން. އޭގެތެރޭގައި ރަށަށް ހެޔޮއެދޭ އަޚުލާޤުރަނގަޅު ކުދިންވެސް އެބަތިބި. އެކުދިން އެގޮތަށް ބަދުނާމުކުރުމަކީ ރަނގަޅު ގޮތެއްނޫން

މަރުޙަބާ


އެންޓި ފާފު އަށް އަށް ޒިޔާރަތް ކުރެއްވީތީ ވަރަށް ބޮޑަށް ޝުކުރު ވެރިވަމެވެ.. ތިޔަ ބޭފުޅުންގެ ޚިޔާލެއްވާނަމަ އަޅުގަނޑުމެންނަށް މެއިލް ކޮއްލަވާ. antifaafu@gmail.com

Google