ފ.އަތޮޅު ރަސްމީ ވެބްސައިޓް - އަމާ ބުނީތީ ފަރަށް ދިއުން



އަމާ ބުނީތީ ފަރަށް ދިއުން - މިބަހަކީ ދިވެހި ބަހުގައި މީހުން ކުރާ ކަމެއް އެންމެ ފުރިހަމައަށް ނުވަތަ އެކަން ކުރަންވާ ގޮތަށް ނުކުރުމުން އެމީހަކަށް ނުވަތަ އެބަޔަކަށް ރައްދު ކުރާ ބަހެކެވެ.

މިމަހު 3 ވަނަ ދުވަހުގެ ރޭ ލޯންޗް ކުރެވުނު ފ.އަތޮޅު ރަސްމީ ވެބްސައިޓުގެ އާ ވާޝަން ބަލާ ބެލުމަށް ކުލަޔާއި މީގެ އިތުރުން އެތުރުފައި ވާ ގޮތަށް ބެލިޔަސް މީގެ ކުރިން ހުރި ވާޝަން އަށް ވުރެ ރަނގަޅެވެ. އަދި މަޢުލޫމާތު ގެ ގޮތުންވެސް ސައިޓް މުއްސަދިކަން ފާހަގަ ކުރެއެވެ.

ނަމަވެސް އަމާ ބުނީތީ ފަރަށް ދާ އުސޫލުން ބަޔަކު ސައިޓެއް ހެދީމަ ހެދީ ކަން ފާހަގަ ކުރެވެއެވެ. މިހެން މި ލިޔުނީ ކޮންމެހެން ލިޔާ ހިތަކުންނެއްވެސް ނޫނެވެ. އަދި މި ސައިޓަށް ބަދު ބަހެއްވެސް ބުނާކަށް ވެސް ނޫނެވެ. ނަމަވެސް އަޅުގަނޑު ސައިޓްގެ އެޑްރެސް ހުޅުވާލި އިރު ސައިޓް ގެ މޫނުމަތި މި ފެންނަނީ ހުސްކޮށެވެ. އެހެން އަތޮޅު ތަކުގެ ރަސްމީ ވެބް ސައިޓް ތައް ބަލާފަ އަޅުގަނޑުގެ އުފަން އަތޮޅު ރަސްމީ ސައިޓް ފެނުނީމަ އަޅުގަނޑު ވަރަށް ދެރަވެ ލަދު ވެސް ގަތެވެ. އެންމެ ކުޑަމިނުން މަތީ ހެޑަރ ޔަށް ބައްލަވާށެވެ. އަޅުގަނޑަށް ހީވަނީ ފޮޓޯ އެއްލާން ގަސްތު ކޮށްފައި ހުރި ތަނެކެވެ. އަދި ނުލެވެނީ ދޯއެވެ. ނަމަވެސް ފޮޓޯ ގެލެރީ ވަރަށް މުއްސަދިކަން ފާހަގަ ކުރަމެވެ.


ދެރަ ނުވާށެވެ. އަޅުގަނޑު ކޮންމެހެން އަތޮޅު އޮފީހާ ޖައްސާލީކީ ނޫނެވެ. އަދ ތި ސައިޓް ހަދާ މީހަކާ ވެސް ޖައްސާލީ ކީ ނޫނެވެ. ހަގީގަތް ވާނީ ހަގީގަތަކށެވެ. މިކަން އަތޮޅުގެ ކޮންމެ ރައްޔިތަކުވެސް ޤަބޫލު ކުރާނެއެވެ. އެކަމަކު އަދިވެސް ހަނދާކޮށްދެމެވެ. އަމާ ބުނީތީ ފަރަށް ދާ އުސޫލުން ކަންނުކުރާށެވެ.

7 comments:

Anonymous said...

thee hama varah bodu thedhen dhen ekamaku alhaanulaa kameh kurah neygey bayaku kureemaa hunnaanee ehen

Anonymous said...

އަތޮޅުއޮފީހުގައި ތިބޭނީ މުޅިންވެސް އެކަހަލަ ރޯނު އެދުރުން. އެކަހަލަ އެދުރުންނަށް ކަންތައްކުރެވޭނީ އަމާ ބުނީތީ ފަރަށްދާ އުސޫލުން. އެކަން އެނޫންގޮތަކަށް ބަދަލުކުރަން އުޅުނަސް ނުވާނެ. ކަމެއްރަނގަޅުވާނީ އެތަނުގައި ފެންވަރެއްހުރި ބަޔަކު ތިބެގެންނެއްނުން. އަޅާނުލާ

Anonymous said...

konthaaku site vvv best... dhen adhi khabar ehchcih up nuvathee .. ekan evs dhuvas kolhakun ragalhu vaane .. dhen annan v nu fenvaru huri meehun .. aisa hadhan v nu ... naaanaane beykaar uaga thalhan ingeynee ...

Anonymous said...

Adhives amillayah foni kadanee dhoa keevvanee hurihaa habareh laafa site launch kurinama avahah thimanna mennah ves kureveyey bunan vegen dhoa aa site vv salhi fenavaru ves varah ragalhu madhekunin kurin ves thi site meehaku alhe fahe ladheh nugannaane tha

Anonymous said...

މިއީ އެ އުޅޭ އަތޮޅު އޮފީހުގެ ރޯނު އެދުރު ހަދާ އެއްޗެއް ތަނެއް ދޮރެއް ނޭގެންޏާ ވާނީ އެހެނެއެންނު ދޯ އަލަށް އެއްޗެއް ހަދަން ދަސްވީމާ ހުންނާނީ މިހެން ޖަލީލު ކައިރީގަ ބުނެފާނަންތަ ދެން ފަޑަބޯށޭ މީ ކޯޗެއް ބޮޑު ބަލާއެއްނު

Anonymous said...

arholhu ofeehuge sitakee jaleeluge vathu kiba shareef hadhaa echcheh

Anonymous said...

arholhu office gathibey aathun thibeny gayah goruhedifa gorubovifa dhen mi kihaa dherakameh dhoa kaley buni hen ma ves ladhu ganejje arholhu ofeehuge site balaafa
hama thedheh mi buny

މަރުޙަބާ


އެންޓި ފާފު އަށް އަށް ޒިޔާރަތް ކުރެއްވީތީ ވަރަށް ބޮޑަށް ޝުކުރު ވެރިވަމެވެ.. ތިޔަ ބޭފުޅުންގެ ޚިޔާލެއްވާނަމަ އަޅުގަނޑުމެންނަށް މެއިލް ކޮއްލަވާ. antifaafu@gmail.com

Google