އެންމެ ބޭނުމީ ކިޔަވައިގެން ހުރި ހިންގުންތެރި ޒުވާނުން



ފ.އަތޮޅަށް އެންމެ ބޭނުމީ ކިޔަވައިގެން ހުރި ހިންގުންތެރި ޒުވާނެއްކަމަށް އެންޓި ފާފު ބްލޮގްގެ ޕޯލް އިން ދައްކައިފިއެވެ. ގާތްގަޑަކަށް 15 ދުވަސް ވަންދެން ހިންގި މި ޕޯލްގައި ޖުމްލަ 38 ފަރާތް ވޯޓް ދެއްވާފާއިރު ފ.އަތޮޅަށް އެންމެ ބޭނުމީ ކިޔަވައިގެން ހުރި ހިންގުންތެރި ޒުވާނެއްކަމަށް 35 ވޯޓް ދެއްވާފައި ވެއެވެ. ހަމައެކަނި ހިންގުންތެރިޔަކަށް ވޯޓް ދެއްވާފައިވަނީ އެންމެ ފަރާތެކެވެ. އަދި މިހާރު ތިބި ވެރިންނަށް ވޯޓް ދެއްވާފައިވަނީ އެންމެ 2 ފަރާތެވެ.
ފ.އަތޮޅު އޮފީސް ނިލަންދުއަށް ބަދަލު ކުރިތާ މިވީ 9 އަހަރު ދުވަހުގެ ތެރޭގައި އަތޮޅު އޮފީހުގެ އެއްވެސް ޒިންމާދާރު ވަޒީފާ އެއްގައި އެންމެ ކުޑަމިނުން ޑިގްރީ އެއް ފެންވަރު ހުރި މީހަކަށް ވަޒީފާ ދީފައި އެއް ނުވެއެވެ. އެއްބަޔަކު 9 އަހަރު ދުވަސް ވަންދެން ވަޒީފާ އަދާކުރަމުންދާއިރު ނިލަންދޫ އިން ހެދުމުންދާ ކިޔަވައިގެންތިބި ކުދިންނަށް ވަޒީފާގެ ލިބުމުގެ ފުރުޞަތު ހުޅުވިފައެއް ނެތެވެ.
މިވަގުތު އަތޮޅުގެ އެކި އެކި އޮފީސް ތަކުގައި ތިބި ބަޔެއް ވެރިންނަކީ ކޮންމެވެސް ކޮރަޕްޝަނެއްގައި އަތޮޅުގެ ރައްޔިތުން ކުރިމަތީގައި ކޮންމެވެސް ލައްގަޑެއް ޖެހިފައިވާ ބަޔަކު ކަން އެންމެވެސް ޤަބޫލުކުރެއެވެ. ޚުދު އެމީހުން އަމިއްލަޔަށް ވެސް ޤަބޫލު ކުރެއެވެ. މި މީހުން ފޮރުވުމަށް އެއްބަޔަކު މަސައްކަތް ކުރަމުންދާއިރު އަނެއްބަޔަކު މިމީހުންނަށް ހިތްވަރު ދެމުން އަދި ނުވިތާ ކަށް ވަޒީފާގެ ކުރިއެރުންތައް ހޯދާ ދެއެވެ.
ފ.އަތޮޅުގެ ދިރި އުޅޭ 5 ރަށަށް މިވަގުތު ނަޒަރު ހިންގާލިޔަސް ކިޔަވައިގެން ތިބި ހިންގަން އެންގޭ މީހުން މަދެކޭ ނުބުނާނެއެވެ. ހަމަ އެކަނި ނިލަންދޫ އިން ބެލިޔަސް ފުދޭނެއެވެ. ހިތާމަޔަކީ މި ދަރިންގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި އަތޮޅުގެ ވެރިކަން ކުރާ ފަރާތްތަކުން ނުހިފާތީއެވެ. އަބަދުވެސް އެމީހުން ބުނަމުންދަނީ މި ވެރިކަމުގައި ފ.އަތޮޅުން އަހަރެމެންގެ ބޭނުމެއް ނުހިފާނެކަމުގައެވެ.
ވިސްނާފިކުރު ކޮށްބަލާށެވެ. ކޮންމެ އަތޮޅެއްގެ ވެސް ރައްޔިތުން ބޭނުންވާނީ އެ އަތޮޅެއް އެންމެ ކުރީ ސަފުގައި ވާދަ ކުރާށެވެ. އަރަމުން އަންނަ ކިޔަވައިގެން ތިބި ޒުވާނުންނަށް ފުރުޞަތު ދޭށެވެ. އެމީހުން އަތޮޅުން ގެއްލުނަ ނުދީ އެމީހުންގެ ބޭނުން އެންމެ ފުރިހިމަ ގޮތުގައި ހިފަހައްޓާލެވޭތޯ ބަލާށެވެ. މަދުވާ ކޮންމެ މީހަކީ އަތޮޅަށް ވެސް ލިބޭ ދެރައެކެވެ. މިއީ މިހާރުގަ ތިބި އަތޮޅު ވެރިން ފުންކޮށް ވިސްނަން ވެއްޖެ ކަމެކެވެ.
ހަމަގައިމުވެސް ކިޔަވައިގެން ތިބި މީހަކު ވަޒީފާ އަށް ލައިގެންނެއް ރައްޔިތުންނެއް ރުޅިއެއް ނާންނާނެއެވެ. ފޫއްސެއްވެސް ނުވާނެއެވެ. އެކަމަކު ހަޑި ލައްގަޑު ތިބި މީހުންނަށް ވަޒީފާ ދީ ކުރިއެރުން ދޭނަމަ ކިޔަވައިގެންތިބި މީހުންވެސް އަންނާކަށްވެސް ބޭނުމެއް ނުވާނެއެވެ. ތިބި ވެރިން ދެކެ ވެސް ވާނީ ފޫއްސެވެ. އަތޮޅުދެކެ އެމީހުން ދެކޭ ހުވަފެންތައް ދާނީ ވިއްސި ވިހާލި ވެގެންނެވެ. އަތޮޅުގެ ކުރިއެރުން ގުޅިފައި ވަނީ މިވަގުތު އަރަމުން އަންނަ ކިޔަވައިގެން ތިބި ޒުވާނުންނަށެވެ.

No comments:

މަރުޙަބާ


އެންޓި ފާފު އަށް އަށް ޒިޔާރަތް ކުރެއްވީތީ ވަރަށް ބޮޑަށް ޝުކުރު ވެރިވަމެވެ.. ތިޔަ ބޭފުޅުންގެ ޚިޔާލެއްވާނަމަ އަޅުގަނޑުމެންނަށް މެއިލް ކޮއްލަވާ. antifaafu@gmail.com

Google