ދ.އަތޮޅު ކުޑަހުވަދު އަކީ ނިލަންދޫ އެކޭ އެއްފައްދައިން އެއަތޮޅު ވެރިކަން ކުރާ ރަށެވެ. ދާދި ފަހުން ސަރުކާރުން ވަނީ އެއަތޮޅުގައި އެއަރޕޯޓް އެއް ހެދުމަށް ހަމަޖައްސަވާފައެވެ. އަޅުގަނޑު މި ހަބަރު އެހީ ވަރަށް އެފަލާއެކު އެވެ. އެއީ ކައރި މުސްތަގުބަލެއްގައި އަޅުގަނޑުމެން އަތޮޅު ކައިރީގައި އެއަރޕޯޓް އެއް ސަރުކާރުން އަޅަން ނިންމެވީތީއެވެ. ނަމަވެސް އެންމެ އުފަލެއް ނުވެއެވެ.
ފ.އަތޮޅުގައިވެސް އެއަރޕޯރޓް އެއް އޮތުމަކީ އަތޮޅު ރައްޔިތުން ދެކެން ބޭނުން ވާނެ ވަރަށް ބޮޑު ހުވަފެނެކެވެ. އަމިއްލަ އަތޮޅުން ސީދާ ކަނެކްޝަން ފްލައިޓް ނަގަން ބޭނުން ވާނެއެވެ. ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި 2 ގަޑި އިރު 3 ގަޑި އިރު ކުޑަހުވަދު އަށް ނޫނީ 8 ގަޑި އިރު މާލެ އަށް ގޮސް ޓިކެޓް ނަގާ ހުރިހާ ބުރައެއް އުފުލުމުގެ ބަދަލުގައި އަމިއްލަ އަތޮޅުގައި އެއަރޕޯޓްއެއް އޮތުމުން މާ ފަސޭހަކަން ބޮޑު ވާނެއެވެ. އަދި މާ ޚަރަދު ވެސް ކުޑަވާނެއެވެ. މި ހުވަފެން ހަގީގަތަކަށް ހެދެން އޮތީ ވެރިންގެ އެއްބާރު ލުން ލިބިގެންނެވެ.
ނިލަންދޫ އަކީ 1999 ވަނަ އަހަރުން ފެށިގެން ފ.އަތޮޅު ގައި ވެރިކަން ކުރާ ރަށެވެ. ވެރިން ތިބީ ވެސް ނިލަންދޫ ގައެވެ. މިހުރިހާ ކަމަކީ ވެސް ވެރިންގެ މަސައްކަތުން ކުރަން ޖެހޭ ކަމެކެވެ. އަތޮޅު ހުރިހާ މީހުން އިގިލި ދިއްކޮށްލާނީ ވެރިންނަށެވެ. އަތޮޅުގެ ހުރިހާ ރައްޔިތުން ވެސް އަތޮޅުގައި އެއަރޕޯޓް އެއް ހެދުމަށް ބޭނުން ވެއެވެ. ސަރުކާރު ކަމާއި ބެހޭ ފަރާތަށް އަވަސް ކޮށް ހުށަހަޅުއްވާށެވެ. އިރާދަ ކުރެއްވިޔާ އޭރުން ކޮންމެވެސް ދުވަހަކުން އަޅުގަނޑުމެންގެ ހުވަފެން ކާމިޔާބު ވާނެއެވެ.
ފ.އަތޮޅަށް ވެސް އެއަރޕޯޓް އެއް ބޭނުން
Subscribe to:
Post Comments (Atom)
މަރުޙަބާ
އެންޓި ފާފު އަށް އަށް ޒިޔާރަތް ކުރެއްވީތީ ވަރަށް ބޮޑަށް ޝުކުރު ވެރިވަމެވެ.. ތިޔަ ބޭފުޅުންގެ ޚިޔާލެއްވާނަމަ އަޅުގަނޑުމެންނަށް މެއިލް ކޮއްލަވާ. antifaafu@gmail.com
4 comments:
jaleelu huregen kihineh vaaneee jaleelu balanee jaleelu menge gedhoru rythi kureveytho e nimuny aharumen nikametin thibeynee thibi gothah alhe kykuraaaneee
އަޅެ ކަލޭމެން މޮޔަވީތަ އަރާ އާސްމާނުގަދޯ ތިބެނީ ފެންވަރު މޮޅަސް ތީ ބޮޑުވަރު
އަބަދު ވަކިމީހެއް ކުއްވެރިކޮށް ވާހަކަ ދައްކާއިރު މީގައި ތިމާމެންގެ ޒިންމާ އޮތީ ކިހާވަރަކަށް ބާއޭ ހިތަށް އަރާ. މީގައި އެއްވެސް މީހަކަށް އިގިލި ދިއްކުރުމުގެ ބޭނުމެއް ނެތް. އެއްވެސް މީހަކަށް އެމީހެއްގެ ޒިންމާ ނެގިފައެއް ނެތް. ވީމާ އަނެކުންގެ އުނި ކަންތަކުގެ ވާހަކަ ނުދައްކާ އެންމެންނަކި އެއްބައެއްވައްތަ ބަޔަކަށް ރަށަށާއި އަތޮޅަށް މަސައްކަތް ކުރުމަށް އާއަޒުމެއް ކަނޑައަޅާށެވެ.
ragalhu vaahkaeh vaki meehehgge vaahka nudhakkan vee abadhu thibeny ehen meehunge vaahka dhakkaa
ekamaku ves verin visnan vejje kameh hen alhugada heevanee
alhe mee dhogeh tha
Post a Comment