އަޅުގަނޑު ވަރަށް ހައިރާވެންޖެ އަންތަރީސް ވެއްޖެއެވެ. މުޅި މިރާއްޖެއިންވެސް ނިލަންދޫ އަށް 1 ވަނަ ލިބުނީ ތީ އެވެ. ޖަލީލުގެ ވެރިކަމަށް ހަމަ އައްސަރިބަހާ ސާބަސް ދެމެވެ.
ދާދި ފަހުން މޯލްޑިވްސް އެންޓި ކޮރަޕްޝަން ބޯރޑްގެ ތަހުގީގުގައި މުޅި ރާއްޖެއިންވެސް ހުރިހާ އޮފީހެއް ކޮރަޕްޓް ވެފައިކަމަށް އަރާފައިވަނީ ހަމައެކަނި ނިލަންދޫގައި ހުރި ސަރުކާރު އޮފީސް ތަކެވެ. ފ.އަތޮޅު އޮފީސް، ފ.ނިލަންދޫ އޮފީސް، ފ.އަތޮޅު ތަޢުލީމީ މަރުކަޒު، އަދި ފ.އަތޮޅު ހޮސްޕިޓަލް . މިއީ ދެރަވެ ހުރިހާ ރައްޔިތުން ވިސްނަންވެއްޖެ ކަމެކެވެ.
ނިލަންދޫގައި ކޮރަޕްޓް ނުވާންވީ ކީއވެހެވެ.؟ އަތޮޅު އޮފީހުގަޔާއި ރަށު އޮފީހުގަވެސް ތިބީ ކޮރަޕްޓްވެފަ ތިބި މީހުންެވެ. ކޮރަޕްޓް ވީމައި ތަހުގީގު ކުރުމުގެ ބަދަލުގައި ދެވެނީ ބޮޑު ޕްރޮމޯޝަނެކެވެ.
އަމްޖަދު އަލީ ރައްޔިތުންގެ އިންޖީނުގެއާއި ހަވާލުވެގެން އެތާގަ ލާރިތައް ބަޑުއަޅާލީމާ ވީ ކޮންކަމެއްހެއްޔެވެ. އިބްރާހިމް ޚަލީލު ރައްޔިތުންގެ ލާރިތައް ބަޑު އަޅާލީމަ ވީ ކޮންކަމެއްހެޔެވެ. ދޮންބޭބެ ލާރި ތައް ބަޑު އަޅާލީމާ ހަމަގައިމުވެސް ޕްރޮމޯޝަން ލިބިއްޖެއެވެ. ދެން އެސްޖެހި ރައްޒާގު ރ.ކ ކޮމިޓީގެ މީހަކަށް ވެގެން ހަމަ ލާރިތަކުން ފައިދާ ނަގަނީއެވެ. ހުއްޓުވޭނެ މީހަކު ނެތީހެވެ . މިކަމަށް ހައްލެއްގެނެވޭނެ ބަޔަކު ނިލަންދޫ ވެރިކަމުގައެއް މިވަގުތު ނެތެވެ.
ރައްޔިތުންނޭވެ. މިއީ އަޅުގަނޑުމެން ރައްޔިތުންނަށްވެސް ލިބުނު ބޮޑު ނިކަމެތި ކަމެކެވެ. ބޮޑު ލަދެކެވެ.
Anti Corruption Board - http://acb.gov.mv/index.aspx?PageId=14&ButtonOrder=001.002.006
5 comments:
ޖަލީލު ދެން އިސްތިއުފާ ދީފަ އަވަހަށް ފައިބާ ނުވިއެންނު އެއްވސް ކަމެއް އަހަރެމެން މިހާރު ބަދުނާމު ވެ ނމއްޖެ
ވިސްނަން ވެއްޖެ ކަމެކެވެ. ހައްލެއް ހޯދަން މީހާރުވެސް ލަސްވެއްޖެއެވެ.
ޖަލީލުދޮމްބެއެވެ. ތިޔައީ ރައްޔިތުންގެ ލޯތްބާއި ރުހުން އިންތިހާއަށް ލިބުނު މީހެކެވެ. އެކަމަކު ގިނަދުވަސްވުމުން ކަމެއްވެސް ނޭނގެއެވެ. އެކަން ޖަލީލުދޮމްބެއަށް އެހެންގޮތަކަށް ތިއޮތީ ބޭނުން ކުރެވިފައެވެ. ނާޖާއިޒު ގޮތުގައެވެ. ލިޔުމުގައި ވާހެން ޖަލީލުދޮމްބެގެ ހަޤީޤި ވެއްޓުމަކީ ކައިރީގައި ގެންގުޅުނު މީހުންނެވެ. ރައްޓެހިންނާއި ޢާއިލާއަށް އިސްކަން ދެވުނީއެވެ.
ބައްލަވާލައްވާށެވެ. އަތޮޅު އޮފީހުގައި މަދު މީހެއްފިޔަވާ މުޅިންވެސް ތިބީ ޖަލީލުދޮމްބެގެ ތިމާގެ މީހުންނާއި ރައްޓެހިންނެވެ. ނުވަތަ އެމީހުންގެ ދަރިންނެވެ. ކިޔަވާގެންތިބި ޒިވާނުން ނިލަންދޫ ފަސްގަނޑުން ފުނިޖަހާފައި ނެގެން އޮއްވާ އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަޤާމަށް ޢަލީ އަޙުމަދު (ދމްބޭބެ) ދިނީ ކޮންގޮތަކަށް ބަލާފައި ހެއްޔެވެ. ދޮމްބޭބެއަކީ ސަރުކާރުގެ ބޮޑު އޮފީހަކުން ގިނަ ފައިސާތަކައް ކައިގެން ވައްކަމާއި ޚިޔާނާތުގެ މައްސަލާގައި އަދަބުލިބި އަދި އެއަދަބުގެ ބައެއް މިހާރުވެސް ތަންފީޒު ކުރަމުންދާ މީހެކެވެ. މާނައަކީ އެފަދަ ރެކޯޑެއް އޮތް މީހަކު އަތޮޅު އޮފީހުގެ ބޮޑު ވަޒީފާއަކަށް ކުފޫހަމަވާނެ އެއްވެސް ގޮތެއް އޮތްކަމަކަށް އަބޫލެއް ނުކުރެވެއެވ. މިއީ ރައްޔިތުންގެ ޙައްޤުގައި ބުނާ ބަހެކެވެ.
ދމްބޭބެގެ ދަރި އަމްޖަދު އަލީ އިންޖީނުގޭ ލާރިގަނޑު ކާލުމުންވެސ ޖަލީލުދޮމްބެ އެއްޗެކޭ ހަމަ ހިތަކަށްވެސް ނާރާހެއްޔެވެ. އަމްޖަދުއަށް އަދަބެއް ލިބެނިކޮށް ދޮމްބޭބެއަށް ދެރައެއް ލިބިދާނެކަމަށް ދޯއެވެ. ޖަލީލުދޮމްބެއެވެ. ވައްކަން ކުރުމުން އަމިއްލަ ދަރިއަށްވެސް ބަލައިގެން ނުވާނެއެވެ. މީރަސޫލާގެ ސުންނަތުން ސާބިތުވާން އޮންނާނެ ކަމެކެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވަނީ ތިމންކަލޭގެފާނު ލޯބިފުޅުވާ ދަރިކަނބަލުން ފާތިމަތުގެފާނު ވައްކަން ކުރެއްވިޔަސް އަތްކަނޑުއްވާ ހުށީމެވެ.
ދެން ފއތމ އަށް ބައްލަވާށެވެ. ރުޤޭމިސް އެއީ އެތަނަށް ޖެހިފައިވާ ނުބައި ވައިރަހަކަށްވުރެ ވިހަގަދަ މީހެކެވެ. ތެދުތެދަށް ބުނާނަމަ އެތަނުގެ ވެއްޓުމަކީ ރުޤޭ މިސްއެވެ. ޖަލީލުދޮމްބެ ދެކޮޅުހަދަން އުޅުނަސް އެތަނަށްވެސް ޢާއިލާމީހުން އަތްގަދަކުރީ ޖަލީލުދޮމްބެ އެކަމަށް ބޭނުންވެގެން ޖަލީލުދޮމްބެ އެދިގެންނެވެ.
އިބްރާހީމް ޚަލީލު ކޮނޑަށްލައިގެން އުޅުމުން މިހާރު ތިޔަފެންނަ ނަތީޖާ ރިތިދޯއެވެ. ކުރީގެ ކަތީބު އަހައްމަދަނިކު ދޮމްބެވެސް ހަމައެވަރެވެ. ދެންމިހާރުގެ ކަތީބަށް ވާވަރު ބަލަން ހުންނާށެވެ.
ޖަލީލުދޮމްބެއެވެ. ހެޔޮނުވާހެއެވެ. ދެންވެސް ވިސްނާށެވެ. ރައްޔިތުންގެ ހެވާލާބައަށްތަކައިވެސް އެންމެ ފައިދާހުރިގޮތަށް ކަންތައް ކުރައްވާށެވެ. ޢާއިލާމީހުންނާއި ރައްޓެހިންނާއި އެމީހުންގެ ދަރން ތަންތަނަށް ވެއްދުމުގެ ބަދަލުގައި ކިޔަވައިގެން ތިބި ހަރުދަނާ ޒުވާންކުދިންނަށް އިސްކަން ދެއްވާށެވެ. ހެޔޮނުވާނެއެވެ.
އެހެން ނޫންނަމަ އަދިވެސް ވަޤުތުއެބައޮތެވެ. ރީތި ގޮތުގައި އަވަހަށް އިސްތިއުފާ ދެއްވމަށްފަހު ގެއަށް ވަޑައިގަންނަވާށެވެ.
jaleel hama kairi kuraanee ailaa meehun eyrunennu jalleelu ah ves bandu elheynee
thimyhunnah hyvany jaleelu nukaahen dhoa
emmen ginain kaa meehkaee eieee
ehen veyey emyhunnah kameh kuran nukurene
thahugeegu kuran hunna meehaa maa ginain ves kaneee
jaleelu ah heekuree ehen meehunnakee moya bayeh kamah dhoa
ibrahim khaleel eiee mahaa choaru
jaleelu ah ebbai dhinymo khaleelu buny
މި ބުލޮގުވެސް ކޮރަޕުވެފާ
ހެހެހެހެ...ހެހެހެހެހެ....ހެހެހެހެ
Post a Comment